ޔަމަނުން ޑްރޯން ހަމަލާތައް ދިންއިރު އިޒްރޭލުގެ ދިފާއީ ނިޒާމު "ނިދާފައި"، ސަބަބު ހޯދަނީ

ރ
25 ސެޕްޓެމްބަރު 2025 18:46އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން އިޒްރޭލަށް ދިން ޑްރޯން ހަމަލާތަކެއްގައި 22 މީހަކަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން މި ހަމަލާގެ ޒިންމާ ހޫތީ ޖަމާއަތުން ނަގާފައިވާއިރު އެ ޖަމާއަތުން ބުނީ މިއީ ކުރިއާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި މިއީ އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމާ ދެކޮޅަށް ދިން ހަމަލައެއް ކަމަށްވެސް ބުންޏެވެ.

އިޒްރޭލުގެ އެމަޖެންސީ ސާވިސަސް އިން ބުނާ ގޮތުން މި ހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.

އިޒްރޭލުގެ އަސްކަރީ ބާރުތަކުން ބުނާ ގޮތުން ހޫތީ ޖަމާއަތުން ދިން މި ހަމަލާ ކުރިން ދޭކަށް އެ މީހުންނަށް އެނގިފައެއް ނެތެވެ. އެހެންވެ އިޒްރޭލުގެ ’އިންޓަސެޕްޓާސް‘ އިން މި ހަމަލާ އަންނަ ކަމަށް ސަމާލުކަން ނުދިނީ ކީތްވެތޯ ދަނީ ބަލަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.