ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ، ރައީސް ވައުދުވީ ދޮޅު އަހަރުތެރޭ ނިންމަން!

މ
25 ސެޕްޓެމްބަރު 2025 20:241 މިނިޓުގެ ކިޔުން
Aa

ތ. ދިޔަމިގިއްުޔާއި އެ އަތޮޅު މަޑިފުށި އަދި ތ. އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި ތިން ރަށް ކޯޒްވޭއަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިޔަމިގިއްޔަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ދިޔަމިގިލި މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުއަށް ހަރަދު ކުރަނީ ކިހާވަރެއް ކަމެއް ސަރުކާރަކުން ނުބުނެ އެެވެ.

ދިޔަމިގިލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަޝްރޫއު ދޮޅު އަހަރު ތެރޭގައި ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ދިޔަމިގިއްޔާއި މަޑިފުށި އެއްފަސްވެގެން ދިއުމުން ދެ ރަށަށްވެސް އިގުތިސާދީ، އުމްރާނީ އަދި އިޖުތިމާއީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ ކުރިއަރައިގެން ދިއުމަށް އެޅިގެންދާ ވަރަށް ބޮޑު ފާލަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.