ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ތިން ބޭފުޅަކު ރިޓަޔާކޮށްފި

މ
30 ސެޕްޓެމްބަރު 2025 21:291 މިނިޓުގެ ކިޔުން
Aa

ސަރުކާރުގެ ކަރަންޓު ދޭ މައި ކުންފުނި، ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން އިހުލާސްތެރި ހިދުމަތް ކޮށްދެއްވި ތިން ބޭފުޅަކު ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފި އެވެ.

މިއަދު ޝަރަފުވެރިކަމާއައެކު ހިދުމަތުން ރިޓަޔާ ކުރެއްވި ބޭފުޅުންނަކީ؛

  • ސީނިއާ ސާވިސް އިންޖިނިއާ އަހުމަދު މަނިކު (ސުތުލި)، ހިދުމަތުގައި 42 އަހަރު

  • ސީނިއާ ސާވިސް އިންޖިނިއާ އިބްރާހިމް ރަޝީދު (އަންދަރޭ)، ހިދުމަތުގައި 34 އަހަރު

  • ސީނިއާ ސާވިސް ސުޕަވައިޒަރު ހަސަން ހަލީމް، ހިދުމަތުގައި 7 އަހަރު

މި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ސްޓެލްކޯގައި ވަނީ ހާއްސަ ހަފުލާއެއްވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ރިިޓަޔާ ކުރެއްވި ބޭފުޅުންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވިކަމުގެ ލިޔުމާއި ފިލާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.