މަސްވެރިންގެ އިހުތިޖާޖަށް 3 ދުވަސް: ފައިސާ ދޫކުރަން ފަށައިފި، ހޯމައިގެ ކުރިން 100 މިލިއަން ދޫކުރާނެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ދޫކުރަން ފަށާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މަސްވެރިންނަށް މި ސަރުކާރުން 280 މިލިއަން ރުފިޔާ ދަރާފައި އޮތްއިރު، އެ ފައިސާއަށް ޑިމާންޑުކޮށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޭން ސަރުކާރުން ބުނި 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

”މިއަދާއި މާދަމާ އެ 70 މިލިއަން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ. ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެ. ފުރަތަމަ މި ދޭ 70 މިލިއަން އޮޑިވެރިންނަށް ޑިސްޕާސް ކުރުމުގެ ކަންކަން މިހާރު އަޅުގަނޑުމެން ފަށައިފިން. އަދި ބާކީ އޮންނަ 180 މިލިއަން މާޗު ފަހެއް ކުރިން ދޭން މަސައްކަތް ކުރަމުން މިދަނީ“ ޝިޔާމް ވިދާޅުވި އެވެ.

ކޫއްޑޫގެ މަސްވެރިންނަށް ސަރުކާރުން ފައިސާ ދޫކުރަން ފަށާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ކޫއްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.