މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް އަރައިގެންދިޔަ

ރ
15 އޮކްޓޫބަރު 2025 13:491 މިނިޓުގެ ކިޔުން
Aa

އިންޑޮނޭޝިއާގެ މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި އެވެ.

އިންޑޮނޭޝިއާގެ މައުންޓް ލެވޮޓޮބީ ލަކި-ލަކި ގޮވުމުގެ ސަބަބުން އެ ގައުމުގެ ވޮލްކެނޯ އެމަޖެންސީ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަރުބަދަ ގޮވައި 10 ކިލޯމީޓަރަށްވުރެ އުސްކޮށް ދުމާއި އަޅި އަރައިގެން ގޮސްފައިވެ އެވެ. އަދި ނުވަ މިނެޓަށް އަލިފާންގަނޑު މައްޗަށް އަރާފައިވެ އެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

މި ފަރުބަދަ ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ގޮވައިފަ އެވެ. އެ ފަހަރުވެސް ފަރުބަދަ ގޮވުމުގެ ސަބަބުން 10 ކިލޯމީޓަރަށްވުރެ އުސްކޮށް ދުންގަނޑު އަރައިގެންދިޔަ އެވެ. އޭގެ ކުރިން މިދިޔަ ޖުލައި މަހުގައި ވެސް މި ފަރުބަދަ ގޮވައި އަޅިތައް 18 ކިލޯމީޓަރު އުހަށް އަރާފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.