ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ

މ
16 އޮކްޓޫބަރު 2025 10:04އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

’އަލްމާކް ފިޔަ‘ ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ހަތް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހަކު ރޭ 3:48 އެހާކަށްހާއިރު ވަނީ ސަލާމަތްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެ އުޅަނދުން ދަތުރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ. އެހެންކަމުން ގެއްލިގެން ހޯދަމުންދަނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއްވެސް އަދި ނޭނގެ އެވެ.

މެރިން ޕޮލިހުން ކުރިން ބުނެފައިވާ ގޮތުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.