މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ނަސްރު ބޯޓު" އަޑިއަށް ހިނގައްޖެ

މ
16 އޮކްޓޫބަރު 2025 16:021 މިނިޓުގެ ކިޔުން
Aa

މާލެއިން މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ބޯޓެއް ދިޔަވެ، އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ، ފަސް މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ’ނަސްރު ބޯޓް‘ އަޑިއަށް ދިޔައީ މިއަދު 13:22 އެހާކަންހާއިރު ކަމަށެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދަށް ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، ބޯޓު އަޑިއަށްދިޔަ އިރު އޭގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށާއި އެ މީހުން ކޯސްޓް ގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަދި ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.