ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ނަޝީދު: ފެންނަނީ ޕްލޭނެއް ނެތްކަމާއި ޒިންމާދާރުކުޑަކަން

މ
16 އޮކްޓޫބަރު 2025 20:581 މިނިޓުގެ ކިޔުން
Aa

ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުތުރުގައި އެއާޕޯޓުތައް ހަދަނީ ލޯންޗުގައި 19-36 މިނެޓާ ދޭތެރޭ ދެވޭހާ ކައިރި ކައިރީގައި ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ ނުވަތަ މާލީ ދެކޮޅުޖެހުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

”ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ/ މާލީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިންއަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގަން ޖެހުން އަދި ލޯކަލް ޓޫރިޒަމްއަށްވެސް ކުރަންވީ މަންފާ ނުކުރުން، ސްޕީޑް ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މި ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހި، ކޮމަންޑޫ އަދި މިލަންދޫގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.