ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ ރުފިޔާ ފެނުނު

ރ
9 އޮކްޓޫބަރު 2025 13:321 މިނިޓުގެ ކިޔުން
Aa

ޑުރަގް ގެންގުޅެ އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑުރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ސ. ހިތަދޫ/ މޫސާ، އަހުމަދު ޢާނިމް، 27އ. އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ޑުރަގް ގެންގުޅެ އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ޑުރަގާއި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފެނުނު ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.