ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް

މ
13 އޮކްޓޫބަރު 2025 19:531 މިނިޓުގެ ކިޔުން
Aa

ނަތީޖާ ނެރެދިނުން ފިޔަވައި މި ސަރުކާރުގައި އިތުރު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގޮއިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, އެ މަނިކުފާނު ރައްޔިތުން ގާތަށް ދަނީ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވުމަށާއި އިތުރަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުން ގާތުން އޮޅުންފިލުވައި އެ ކަންކަން ކޮށްދިނުމަށްޓަކައި ކަމަށެވެ.

”މި ސަރުކާރުގައި ނެތް ނަތީޖާ ނެރެދިނުން ފިޔަވައި, އިތުރު އެއްވެސް ޝައުގުވެރިކަމެއް. އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭން. ރައްޔިތުންނަށް މި ހުރިހާ ދުވަހު ނުވެފައި ހުރި ކަންކަމާއި ރަނގަޅަށް ނުގޮސްހުރި ކަންކަމާއި މި ހުރިހާ ކަމަކަށް އެޑްރެސްކޮށް ކަންކަން ކޮށްދޭން,“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ސަރުކާރުން ސޮއިކޮށް އަމަލީ މަސައްކަތް ފަށާ ކޮންމެ މަޝްރޫއުއަކީ ސަރުކާރުން އެކަންކަން ފުރިހަމަކަމާއެކީގައި ކޮށް ނިންމާނެކަމުގެ ޔަގީންކަން އޮތް މަޝްރޫއުތަކެއް ކަމަށެވެ. އަދި އެއިން ކޮންމެ މަޝްރޫއުއަކީ އެ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައި ފުރިހަމަކޮށްގެން ސޮއިކުރާ މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.