އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށް ބަންދުގައި ތިބި ހަ މީހުން --

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި

އ
19 އޮކްޓޫބަރު 2025 16:26އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިދިކޮޅު އެމްޑީޕީގެ ”ލޫޓުވައިފި، ލޫޓުވައިފި“ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މިމަހުގެ ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއިިން ހައްޔަރުކޮށް ބަންދުގައި 15 ދުވަހު ބޭތިއްބުމަށްފަހު އެމީހުން ދޫކޮށްލާފައިވަނީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.

އެމްޑީޕީގެ މުޒާހަރާއިން އަށް މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ދެ މީހަކު ކުރިން ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ބާކީ ތިބި ހަ މީހުން ތިބީ ބަންދުގައެވެ.

އެމީހުން ބަންދުކުރުމަށްފަހު ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން އިތުރު 15 ދުވަހަށް އެމީހުން ބަންދުގައި ބެހެއްޓުމަށް އެދުނު ނަމަވެސް، ކޯޓުން އަމުރުކުރީ އެމީހުން ދޫކޮށްލުމަށެވެ.

ފުލުހުންގެ ބަންދުގައި ތިބީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ ގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އަލީ ޖުމާނާއި އަޒްމީ އަލީ އަދި ހަސަން ޝާކިރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.