281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި

ރ
26 އޮކްޓޫބަރު 2025 12:571 މިނިޓުގެ ކިޔުން
Aa

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަގްލަދޭޝް ދެ ރައްޔިތުން ކަމަށްވާ އެމްޑީ ރިޔާސް އުއްދީން (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް (27)ގެ އިތުރުން ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޔާސިރް ހަމީދު (24އ) ކަމަށެވެ.

މި ތިން މީހުންގެ އަތުން ބަނގުރާ ފުޅިތައް ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ 100 ނަންބަރު ފްލެޓް ކައިރިން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރުމުންނެވެ.

ފުލުހުން ބުނި ގޮތުގައި، އެ ފޮށިގަނޑުތަކުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 232 ބޮނަކުވާ ފުޅި ފެނުނު ކަމަށެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު އިތުރު 49 ފުޅިފެނިފައިވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.