ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް

އ
21 އޮކްޓޫބަރު 2025 00:471 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީން ވަކިވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސާފުކޮށްދެއްވައިފިއެވެ.

އައްޑޫގައި ވަކިވަކި ކައުންސިލުތައް ހެދުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެކަންކަމަށް އަލިއަޅުއްވާލައްވައިފައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ވޯޓުގައި ސަރުކާރުން ވަކި ނަތީޖާއެއް ނެރެން ބޭނުންނުވާ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލުމަށް މަސައްކަތްކުރާތީ ކަންކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލްތަކަށް ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ ކަމަށާއި މިހާރު މުޅި އައްޑޫއަށް އެއް ބަޖެޓު އޮތް ނަމަވެސް ވަކިވަކި ކައުންސިލުތައް އުފެދުމުން ކޮންމެ ކައުންސިލަކަށް ވެސް ވަކި ބަޖެޓެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކި ކައުންސިލުތަކެއް އުފައްދައިފި ނަމަ، އެ ކައުންސިލުތަކަށް ބްލޮކް ގްރާންޓު ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ފޭދޫ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ފެނޭތޯ ނަގާ ވޯޓެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.