ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ

ގ
27 އޮކްޓޫބަރު 2025 01:28އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކ. ތުލުސްދޫގައި ސްޓެލްކޯގެ ފަރާތުން ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީގައި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގަން ސްޓެލްކޯ އާއި އެމްއެންޔޫއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސެޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސިލާ ޑރ. ޝެހެނާޒް އާދަމެވެ.

މި ފަހުމުނާމާގެ ދަށުން ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގަން އެއްބަސްވެފައި ވެއެވެ.

ސްޓެލްކޯގެ މުވައްްޒަފުން ޑިޒައިންކޮށް ތަރައްގީ ކުރި މި ސެންޓަރަކީ މެކޭނިކަލް އިންޖީނިއަރިން ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމާއެކު، ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރަށް ވުރެ އިތުރަށް ތަމްރިނު ދިނުމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.