ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް

އ
2 ނޮވެމްބަރު 2025 16:55އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހަ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 15:44 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ބޮޑެތި އަނިޔާތަކެއް ލިބުނު ބިދޭސީއެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިތުރުން އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.