އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް

އ
27 އޮކްޓޫބަރު 2025 22:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ. އަތޮޅު އަދި ޅ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހޭ ޖެހުން މަދުކުރުމަށް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ސިއްހީ ދާއިރާއަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެންދާނެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކުން އެންމެ އިސްކަމެއްދޭނެ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އަދި މިހާރު ވަޒީރުންގެ މަޖިލީހުން ބަޖެޓު ފާސްކޮށްފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޕްރިވެންޓިވް ހެލްތުކެއާ އާއި ކިއުރޭޓިވް ހެލްތު ކެއާއަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރާނެ ކަމަށާއި ސިނގިރޭޓުގެ ޖެނެރޭޝަން ބޭން ގެނެސް، ކޮންޓްރޯލުކުރުމަށް ވެސް އެޅުއްވި ފިޔަވަޅަކީ ޕްރިވެންޓިވް ހެލްތުކެއާއަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ އެލާމިން ލެވެލެއްގައި ކުޑަކުދިން މަސްތުވާތަކެއްޗަށް ދާން ފެށުމުން ކަމަށާއި އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ކުރިއެރުން ގެނެވޭނީ ދުޅަހެޔޮ ޖީލެއް ބިނާކުރެވިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.