ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް

ގ
31 އޮކްޓޫބަރު 2025 00:312 މިނިޓުގެ ކިޔުން
Aa

ޒަމާނުއްސުރެ ދިވެހީން ދަތުރުފަތުރު ކުރުމަށް ބޭނުން ކުރަމުން އައީ ކަނޑެވެ. ތާރީހީ ފަތްފުށްތަކުގައި ކަނޑުގެ ދަރީންގެ ގޮތުގައި ދިވެހީން ސިފަކޮށްފައިވަނީ އެހެންވެއެވެ. ޒަމާން ބަދަލުވެގެން އައިއިރުވެސް މި ހަގީގަތަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ނަމަވެސް ފަތުރުވެރިކަމާއެކު ބޭނުންކުރާ އުޅަނދުތައް އިތުރުވެއްޖެ އެވެ. އުޅަނދުތައް ބޮޑުވެ, ޒަމާނީވެއްޖެ އެވެ. އަޅާ އިންޖީނުތައް ބޮޑުވެ, ދުވެލި އަވަސްވެއްޖެ އެވެ. މިއަދު އެއިން ކޮންމެ އުޅަނދަކީ އެތައް މިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓްތަކެވެ. އެހެންކަމުން މިއަދުގެ ދުނިޔޭގައި މި އުޅަނދުތަކަށް ބޭނުންވާ ރައްކާތެރިކަން މާބޮޑެވެ.

އެލައިޑް އިންޝުއަރެންސުގެ މެރިން ހަލް އިންޝުއަރެންސްއަކީ އޮޑި ދޯނިފަހަރަށް ހާއްސަކޮށް އެކުލަވާލާފައިވާ އިންޝުއަރެންސް ސްކީމެކެވެ. މި ސްކީމްގެ ދަށުން ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން އުޅަނދުފަހަރަށްލިބޭ މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މި އިންޝުއަރެންސް ޕެކޭޖުގެ ދަށުން ދެ ކަވަރޭޖެއް އިހްތިޔާރު ކުރެވިދާނެ އެވެ. ”ޓޯޓަލް ލޮސް އޮންލީ” ސުކީމްއިން އުޅަނދު ފެތިގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ބޭނުން ނުކުރެވޭ ވަރަށް އޮޑިގެއްލިގެންދާ ހާލަތްތަކުގައި ކަވަރޭޖުން ބަދަލް ލިބިގެން ދާނެއެވެ. ހަމައެއާއެކު ”ފުލް ކަވާ“ ޓޯޓަލް ލޮސް އޮންލީ ގެ އިތުރުން އުޅަނދަށް ލިބޭއިތުރުގެއްލުންތަކައް ބަދަލް ލިބެއެވެ. މި ދެ ކަވަރޭޖުގައިވެސް ސަލްވޭޖް, އަދި ސަލްވޭޖަށް ދާ ހަރަދަށާއި ސޫ އެންޑް ލޭބާވެސް ހިމެނެ އެވެ.

އެގޮތުން އިންސްޓިޓިއުޓް ޓައިމް ކްލޯސަސް ހަލްސް (ޓޯޓަލް ލޮސް އޮންލީ) ކަވަރޭޖުގެ ދަށުން, މިސާލަކަށް އުޅަނދެއް ފެތުމުން ނުވަތަ ހަލާކުވުމުން ނުވަތަ ގެއްލުމުން ލިބޭނީ ހަމަ އެކަނި ގެއްލުމުގެ ބަދަލެވެ. އޭގެ ބަދަލުގައި އިންސްޓިޓިއުޓް ޓައިމް ކްލޯސަސް ހަލްސް (ފުލް ކަވާ)ގެ ދަށުން މިސާލަކަށް އުޅަނދެއް އެކްސިޑެންޓުވެ, ނުވަތަ އަލިފާން ރޯވެގެން ލިބޭ ގެއްލުންތަކައް ބަދަލް ލިބިގެން ދެއެވެ.

މި ދެ ކަވަރޭޖުގެ ތެރެއިންވެސް އިންޝުއަރެންސް ލިބޭނީ އަންނަނިވި ކަންތައްވުމުންނެވެ.

– ކަނޑުތަކާއި ކޯރުތަކާއި ކުޅިތަކާއި ނުވަތަ ދަތުރުކުރެވޭ އެހެނިހެން ފެނުގެ ސަރަހައްދުތަކުގެ ދިމާވާ ނުރައްކާތަކަށް

– އުޅަނދާ ނުބެހޭ މީހަކު ނުވަތަ ބަޔަކު ކުރާ ވައްކަންތަކަށް

– އަލިފާނުގެ ހާދިސާ އަދި ގޮވާ ޒާތުގެ އެއްޗެ ގޮވުން

– އުޅަނދު ސަލާމައް ކުރަން މުދާ ކަނޑަށް އެޅުން

– ކަނޑުފޭރުން

– ނިއުކްލިއާ ރިއެކްޓަރުތަކުގެ ސަބަބުން ދިމާވާ އެކްސިޑެންޓް އަދި އެކަމުގެ ސަބަބުން ދިމާވާ ގެއްލުންތައް

– މަތިންދާބޯޓަކުން ވެއްޓޭ އެއްޗެއްގެ ސަބަބުން ލިބޭގެއްލުން

– ބިންހެލުން، އަލިފާން ފަރުބަދަ ގޮވުން ނުވަތަ ހޮނުއެޅުން

– މުދާ ނުވަތަ ތެޔޮ ބޭލުމުގައި އާއި ބަރުކުރުމުގައި ދިމާވާ ގެއްލުންތައް

– ބޮއިލަރުތައް ފަޅައިގެން ދިއުން، ޝާފްޓްތައް ބިނދުން

– ކެޕްޓަން، އޮފިސަރުން، ފަޅުވެރިން ނުވަތަ ޕައިލެޓުންގެ އިހުމާލުން ދިމާވާ ކަންކަން

މި ކަވަރޭޖުގެ ދަށުން އިންޝުއަރެންސް ނުލިބޭނެ ކަންކަމުގެ ތެރޭގައި ހަނގުރާމައާއި ހަމަލާއެއް އަމާޒުވުން, ނުބައި އަމަލުތައް އަދި އެޓަމިކް ނުވަތަ ނިއުކްލިއާ ފިއުޝަން ނުވަތަ އެފަދަ އެހެން ރިއެކްޝަނެއް ނުވަތަ ރޭޑިއޯއެކްޓިވް ބާރެއް ނުވަތަ މާއްދާއެއް ބޭނުންކޮށްގެން ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން ލިބޭ ގެއްލުން ހިމެނެ އެވެ.

މި ދެ ކަވަރޭޖުގެ ބޭރުން އޮޕްޝަނަކް ކަވަރޭޖެއްގެ ގޮތުގައި އުޅަނދުގައި ހިމެނޭ މީހަކު މަރުވުން, ނުވަތަ މީހަކަށް އަނިޔާއެއްވުން ނުވަތަ ފަސިންޖަރެއްގެ މުދަލަށް ގެއްލުން ލިބުމުން އޭގެ ބަދަލުވެސް ހޯދައިދެވޭނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.