ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި

އ
28 އޮކްޓޫބަރު 2025 22:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އިފްތިތާހުކޮށްފިއެވެ.

ތުލުސްދޫގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތުލުސްދުއަށް ވަޑައިގެންނެވެ.

ޖުމުލަ 50.8 މިލިއަން ރުފިޔާއަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސްޓެލްކޯއާ ހަވާލުކުރި އެ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުލުސްދޫގެ ފެނުގެ ނިޒާމު ފަރުމާކޮށް ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން 2021 ވަނަ އަހަރުގެ ޑިސެމްބަރު 28 ގައި ފަށައި، މިމަހުގެ 19 ގައި ވަނީ ކޮމިޝަން ކޮށްފައެވެ. އަދި ހިދުމަތް ފަށާފައިވަނީ މިއަދުއެވެ.

އެ މަޝްރޫއުގެ ދަށުން ގާއިމުކުރެވުނު ވަސީލަތްތައް:

  • 200 ޓަނުގެ ދެ އާރުއޯ ޕްލާންޓް

  • 1400 ޓަނުގެ ދެ އާރުއޯ ޓޭންކް

  • 1200 ޓަނުގެ އެއް އާރުޑަބްލިޔު ޓޭންކް

  • 17،336 މީޓަރުގެ ނެޓްވޯކް ލައިން

އެ މަޝްރޫއުގެ ދަށުން ތުލުސްދޫގެ 350 ގެއަކަށް ވަނީ ހިދުމަތް ދީފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.