ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން

އ
4 ނޮވެމްބަރު 2025 14:371 މިނިޓުގެ ކިޔުން
Aa

ސްރީ ލަންކާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑު މަގުން އެތެރެކުރަނިކޮށް، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް އެ ގައުމުގެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖޭގެ ސަރަހައްދުން ކަމަށްބުނެ ފަތުރާ ހަބަރު ދިވެހި ފުލުހުން ދޮގުކޮށްފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ”ނިއުސް ފަސްޓް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ ”ސީދޭވީ“ ނަމަކަށް ކިޔާ މަސްބޯޓު ރާއްޖޭގެ ސަރަަހައްދަށް ވަދެ، ޑްރަގް ޝިޕްމަންޓް ވަނީ ނަގައިފައެވެ. އެއީ ފަސް ބިލިއަން އިންޑިއަން ރުުޕީސް (56 މިލިއަން ޑޮލަރު)ގެ މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ދިވެހި ފުލުހުން މިއަދު ބުނީ އެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖެއިންތޯ ލަންކާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުން އެއީ ރާއްޖެއިން އަރުވާފައިވާ މަސްތުވާތަކެތި ނޫން ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދީފައިވާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެ ބޯޓުގެ ވެރިފަރާތް ވެސް ހިމެނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.