މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި

އ
5 ނޮވެމްބަރު 2025 11:56އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ކެމްޕެއިން ފައްޓަވައިފިއެވެ.

އާޒިމް، މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ، ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން އިސްތިއުފާދެއްވުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަންގައެވެ.

އާޒިމް ވަނީ ދެވަނަ ދައުރަކަށް ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އާޒިމް ވަނީ، ސަޕޯޓު ހޯދުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް ހުށަހަޅުއްވާފައިވަނީ މޭޔަރު އާޒިމާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ. ކައުންސިލު އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީޕީން ހުޅުވާލި ފުރުސަތު މިދިޔަ ސެޕްޓެމްބަރު 30 އަށް ވަނީ ހަމަވެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ދެން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހާއި އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ސީޕީ ހުސައިން ވަހީދާއި އަމިއްލަ ގޮތުން ވާދަކުރެއްވި ފުރަހަނި ޝުއައިބު އަލީއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.