ފުރަތަމަ ފަހަރަށް ސްޓެލްކޯގެ ބޯޑް ބައްދަލުވުމެއް މާލެއިން ބޭރުގައި!

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފުރަތަމަ ފަހަރަށް ސްޓެލްކޯގެ ބޯޑު ބައްދަލުވުމެއް މާލެއިން ބޭރުގައި ބާއްވައިފިއެވެ.

މާލެއިން ބޭރުގައި ބޭއްވި ސްޓެލްކޯގެ ފުރަތަމަ ބޯޑު ބައްދަލުވުން ބާއްވާފައި ވަނީ ކ. ހިންމަފުށީގައެވެ.

ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ވަނީ ވަޑައިގެންފައެވެ.

ސްޓެލްކޯގެ ތާރީހްގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ސްޓެލްކޯ ހެޑް އޮފީހުން ބޭރުގައި ބޭއްވި މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.