އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި

މ
30 އޮކްޓޫބަރު 2025 09:071 މިނިޓުގެ ކިޔުން
Aa

ރަޝިޔާ އާއި ޗައިނާ ފަދަ އެހެން ގައުމުތަކާ އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން އަލުން ފެށުމަށް އަސްކަރީ ލީޑަރުންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފި އެވެ.

”އެހެން ގައުމުތަކުގެ ޓެސްޓުކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން, ހަމަހަމަ އުސޫލެއްގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރަން ފެށުމަށް ހަނގުރާމައާ ގުޅޭ ޑިޕާޓްމަންޓަށް ވާނީ އަންގާފައި,“ ޗައިނާގެ ރައީސް ޒީ ޖިންގްޕިންގްއާ ބައްދަލުކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވެ އެވެ.

ޓްރަމްޕް މިހެން ބުނި އިރު, ބޭނުންވާ ދުރުމިނަކަށް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ނިއުކްލިއާ ޕަވާޑް މިސައިލެއް ރަޝިއާ އިން ވަނީ ޓެސްޓުކޮށްފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވަނީ ފާޑުވެސް ކިޔައިފަ އެވެ.

އެމެރިކާއަކީ އެންމެ ގިނަ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމެވެ. ނަމަވެސް 1992 ވަނަ އަހަރަށްފަހު އެ ގައުމުން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.