ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ

އ
11 ނޮވެމްބަރު 2025 13:50އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއދު ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:55 ހާއިރު ކަމަށާއި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެ ދޯނީގައި ހުރި ބަންގުލަދޭޝް މީހެއްގެ އަތް ފިހިފައިވާ ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.