ފެނުގެ މަތިން ދުއްވާ "ހައިޑްރޯފޮއިލިން" ބޯޓުތަކެއް ރާއްޖެ ގެންނަނީ

އ
9 ނޮވެމްބަރު 2025 14:101 މިނިޓުގެ ކިޔުން
Aa

އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ މަތިން ދުއްވާ ”ހައިޑްރޯފޮއިލިން“ ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ”އިލެކްޓްރިވް“ ވެބްސައިޓުގައިވާ ގޮތުން ”ކެންޑެލާ ޕީ-ޓުވެލް“ މޮޑެލްގެ ދިހަ ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން ވަނީ އޯޑަރު ދީފައެވެ.

އެ ބޯޓު ރާއްޖެ ގެނެސް އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުން ފެށިގެން ކަމަށާއި އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މާލެ ކައިރީ ރިސޯޓުތަކާ ދެމެދު ކަމަށް އެ ވެބްސައިޓުން ރިޕޯޓުކުރެއެވެ.

”ހައިޑްރޯފޮއިލިން“ ބޯޓުތައް ދުއްވާ އިރު، ބޯޓު ފެންނާނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގައި އޮންނަަ ތަނެވެ. އާދައިގެ ސްޕީޑުބޯޓުތަކަށްވުރެ ހައިޑްރޯފޮއިލިން ބޯޓުތަކުގެ ގުޑުން ކުޑަ ވެފައި، ސްޕީޑު ވެސް ބާރެވެ. އެއީ ގަޑިއަކު 46 ކިލޯމީޓަރުގެ ބާރުމިނަށް ދުއްވޭ ބޯޓުތަކެކެވެ.

އެ ބޯޓުތަކަށް ތެޔޮ އަޅަން ނުޖެހޭ އިރު، އެ ބޯޓުތައް ދުއްވަނީ ބެޓެރީގެ އެހީގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.