އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް ފޮޓޯ އާންމުކޮށްފި

މ
20 ނޮވެމްބަރު 2025 08:231 މިނިޓުގެ ކިޔުން
Aa

މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނީ, މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ, އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ފޯ ސީޒަން, އަހުމަދު އާހިލް މުނާޒު, 19އ. ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.