ޖެނުއަރީ މަހު ރާއްޖެއަށް 44 މިލިއަން ރުފިޔާގެ ދުންފަތާއި ރާ އަދި އޫރުމަސް އެތެރެކުރި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 44 މިލިއަން ރުފިޔާގެ ދުންފަތާއި ރާ އަދި އޫރުމަސް އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖެއަށް އެތެރެކުރާ ރަލާއި އޫރުމަހުގެ ތަފާސްހިސާބަކީ ކަސްޓަމްސް އިން އާންމުކުރާ މައުލޫމާތެއް ނޫނެވެ. ވޭތުވެދިޔަ ހަ މަހުވެސް އާންމުކުރި އިމްޕޯޓް/ އެކްސްޕޯޓް ތަފާސްހިސާބުގެ ތެރޭގައިވެސް އެ މައުލޫމާތެއް ނެތެވެ.

މީގެ ކުރިން ކަސްޓަމްސް އިން އާންމުކުރަނީ ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ އަދަދު އެކަންޏެވެ. އެ އަދަދު ހާމަކުރަނީ ދުންފަތާއި ރާ އަދި އޫރުމަހުގެ އަދަދު ނުހިމަނަ އެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެ އެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި 3.9 ބިލިއަން ރުފިޔާގެ މުދަލަށްވުރެ 31 ޕަސެންޓް އިތުރު އަދަދެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.