ފާނަބަސަންދު ޖެހިގެން ދެ މަސް ތެރޭ 443 ކޭސް، އެންމެ ގިނައިން ރިޕޯޓްކުރީ މާލެއާއި ފ. އަތޮޅުން

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ޖެހިގެން އަހަރުގެ މިހާތަނަށް 443 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، ފާނަބަސަންދު ޖެހިގެން މި އަހަރުގެ ޖެނުއަރީ މަހު 228 ކޭސް އަދި މިމަހުގެ މިހާތަނަށް 215 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެންމެ ގިނައިން ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުންނާއި ފ. އަތޮޅުން ކަމަށްވެސް ބުންޏެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީއާ އަޅައިބަލާއިރު މި އަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ އިތުރުވެފަ އެވެ.

ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުން ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.