އައިޖީއެމްއެޗްގެ އިމަޖެންސީ އަށް އެމްބިއުލާންސް ވަންނަ މަގު އާރުޑީސީން މަރާމާތު ކޮށްދީފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބުރުޒުމަގުން ގޮސް އައިޖީއެމްއެޗްގެ އިމަޖެންސީއަށް އެމްބިއުލާންސްތައް ވަންނަން އޮންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފަރާތުން މަރާމާތުކޮށްދީފި އެވެ.

އާރުޑީސީން ބުނީ، އައިޖީއެމްއެޗްގެ މެނޭޖްމަންޓާއެކު އެ ކުންފުނީގެ އިސްވެރިން ބޭއްވި ބައްދަލުވުމެއްގައި އެ ހޮސްޕިޓަލްގެ އިމަޖެންސީ ފަޅިއަށް އެމްބިއުލާންސް ވަންނަ ދޮރު ކައިރި މަރާމާތު ކުރަން ޖެހިފައިވާ ވާހަކަ ހިއްސާކުރި ކަމަށެވެ.

އެހެންވެ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ސަރަހައްދުގައި ހުރި ގާތަށް ނަގައި ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ގާ އަތުރާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން އެކި މަސައްކަތްތައް އަންނީ އަބަދުވެސް ކުރަމުންނެވެ. އެގޮތުން އެފަދަ ބައެއް މަސައްކަތްތައް މާލޭގެ އިތުރުން ރަށްރަށުގައިވެސް ކޮށްދީފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.