އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟

މ
18 ނޮވެމްބަރު 2025 13:20އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4,000 ފްލެޓް, އަންނަ ރޯދަ މަހަށް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހަދަމުން އަންނަ 4,000 ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފަ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް 84 ފަރާތަކާ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރޯދައިގެ ކުރިން އެތަން ނިންމަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މި ބަލަނީ ރޯދަމަސް އަންނަންވާއިރަށް މި ހުރިހާ ތަނެއްވެސް ނިންމޭތޯ. އިރާދަކުރެއްވިއްޔާ ވަރަށް މަސައްކަތް ކުރާނަން. ވަރަށް ބޮޑު އިސްކަމެއް ދޭނަން މި ފްލެޓްތައް ނިންމައި, މި ތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރަން,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 4,000 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޭން ވެވަޑައިގެންނެވި ވައުދު ފުއްދަދީ ނިންމައިދޭނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.