ފިލްމު އިންޑަސްޓްރީއަށް ރައީސްގެ ނަސޭހަތް: އިސްލާމް ދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރޭ

މ
21 ނޮވެމްބަރު 2025 21:221 މިނިޓުގެ ކިޔުން
Aa

ދިވެހި ފިލްމު އިންޑަސްޓްރީން އިސްލާމްދީނުގެ ހުދޫދުގެ ބޭރުން އަމަލުލުތައް ނުބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސްކުރައްވައިފިއެވެ.

އޮލިމްޕަހުގައި އަލަށް އެޅުވި ފިލްމެއްގެ ޕްރީމިއާ ނައިޓުގައި ފިރިހެނަކު ލައިގެންދިޔަ ހެދުމަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އޭނާ ލައިގެން ހުރީ އަންހެނުންލާ ކަހަލަ ހެދުމެކެވެ

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އެހެންކަމުގެ ރައްޔިތުންގެ އަމަލުތައް ހުންނަންވާނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ކަމަށެވެ.

”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކަންޖެހޭ ކަމަށެވެ. އަދި މުސްލިމުގެ ސަގާފަތާއި ހިލާފު ކަންކަމާ ދުރުހެލިވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.