ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އަށް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މިއަހަރުގެ ރޯދަ މަހާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުން 6 މާޗް 2022 ގައި ނެރެފައިވާ ދެންނެވުމުގައިވާ ގޮތުން، ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

އެހެންކަމުން، މި އަހަރުގެ ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.