މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް ދިނިން: ސްޓެލްކޯ

މ
19 ނޮވެމްބަރު 2025 19:151 މިނިޓުގެ ކިޔުން
Aa

ސްޓެލްކޯ STELCO

މިދިޔަ ދެ އަހަރުގެ ރޯދަ މަހުގެ ކަރަންޓް ބިލުތަކުން ޖުމުލަ 118 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ރޯދަ މަހު ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން، ރޯދަމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް ސްޓެލްކޯ އިން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ހުރިހާ ސަރަހައްދެއްގައި ބިލުތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

އެގޮތުން 2024 އަދި 2025 ވަނަ އަހަަރުގެ މާރިޗު އަދި އޭޕްރިލް މަހުގެ ބިލުތަކުން ޖުމުލަ 118 ބިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ބުންޏެވެ.

ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުން އެންމެ ބޮޑު ޑިސްކައުންޓެއް ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގަ އެވެ. އެ މަހު 43.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

  • މާރިޗް 2024: 20.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް

  • އޭޕްރިލް 2024: 43.5 މިލިއަން ރުފިޔާގެ ޑިސްކައުންޓް

  • މާރިޗް 2024: 20.5 މިލިއަން ރުފިޔާގެ ޑިސްކައުންޓް

  • އޭޕްރިލް 2025: 33 މިލިއަން ރުފިޔާގެ ޑިސްކައުންޓް

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.