ޕީއެންސީގެ ޕްރައިމަރީ އަންނަ މަހު 27ގައި، ކުރިމަތިލާން މާދަމާ ހުޅުވާލަނީ

އ
30 ނޮވެމްބަރު 2025 15:211 މިނިޓުގެ ކިޔުން
Aa

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރުމަށް މާދަމާ ހުޅުވާލުމަށް ނިންމައިފިއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު، އިބްރާހިމް ފަލާހް ވިދާޅުވީ އިންތިހާބުގައި ވާދަކުރަން މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޕްރައިމަރީ ބާއްވާނީ އެއް ދާއިރާއަކަށް އެއް މެމްބަރަށްވުރެ ގިނަ މެމްބަރުން ވާދަކުރާނަމަ ކަމަށާއި ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ 27 ގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށެވެ.

ޕީއެންސީގެ ޓިކެޓަށް ނަން ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.