ވީއައިއޭގައި ފްލައި ދުބާއީ ފްލައިޓެއްގެ ފިޔަގަނޑެއްގައި ތެޔޮ ޓޭންކަރަކުން ޖެހި އެކްސިޑެންޓެއް

މ
4 ޑިސެމްބަރު 2025 11:15އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފްލައި ދުބައީގެ ފްލައިޓަކާއި ތެޔޮ ޓޭންކަރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތެޔޮ ބައުރަޒަކީ އެހެން ފްލައިޓަކަށް ތެޔޮ އަޅަން އޮތް ވެހިކަލެކެވެ. އެ ޓޭންކަރުގައި ޖެހުނީ ޕާކިންއަށް އައި ފްލައި ދުބާއީގެ ފްލައިޓުގެ ވާތު ފިޔަގަނޑުގެ ކޮޅެވެ.

މި ހާދިސާއާ ގުޅިގެން އެމްއޭސީއެލް އިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.