މަޖިލީހަށް ނަން ފޮނުވިތާ 9 ދުވަސް ތެރޭ މަހުލޫފު ޖަޕާނު ސަފީރަކަށް

މ
4 ޑިސެމްބަރު 2025 12:441 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަހުމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފި އެވެ

މަހުލޫފު ސަފީރު ކަމަށް އައްޔަން ކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. މަހުލޫފަށް މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.

އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.