ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200 އަށްވުރެ ގިނަ މީހުން ގެއްލިފައި!

މ
30 ނޮވެމްބަރު 2025 12:261 މިނިޓުގެ ކިޔުން
Aa

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 193 އަށް އަރައިފި އެވެ.

ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން ”ޑިޓްވާ“ ލަންކާއަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު, މިއީ މިފަހުގެ ތާރީހެއްގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތޫފާންގެ އަސަރު 266,114 އާއިލާއަކުން ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ވަނީ ކޮށްފަ އެވެ.

އަދި ތޫފާނުގައި މިހާތަނަށް 193 މީހަކު މަރުވެ, 228 މީހަކު ގެއްލިފައިވާއިރު, އެތައް ހާސް ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުވާން ޖެހިފަ އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތޫފާނުގައި އެންމެ ބޮޑަށް އަސަރުކުރި ޑިސްޓްރިކްޓްތަކުގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް އުޅޭ ކޮލަމްބޯ ހިމެނެ އެވެ. އެގޮތުން ކޮލަމްބޯ އާއި ގަމްޕަހާ އަދި ޕުއްތަލަމްގެ ގޭގެއަށް ފެންވަދެ, ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.