އެމެރިކާގެ ރެސްޓޯރެންޓް ފްރެންޗައިޒް، "ޓީޖީއައި ފްރައިޑޭސް"ގެ އައުޓްލެޓެއް މާލޭގައި ހުޅުވަނީ

މ
10 ޑިސެމްބަރު 2025 14:041 މިނިޓުގެ ކިޔުން
Aa

ދުނިޔޭގެ މަޝްހޫރު، އެމެރިކާގެ ރެސްޓޯރަންޓް ފްރެންޗައިޒް، ’ޓީޖީއައި ފްރައިޑޭސް‘ ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

’ޓީޖީއައި ފްރައިޑޭސް‘ ހިންގާ ކުންފުނި، ޝުގާލޯފް ޓީޖީއައިއެފުން އެ ރެސްޓޯރެންޓް ހުޅުވަން ނިންމާފައިވަނީ ރާއްޖޭގެ ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އާއެކު ހަދާފައިވާ ފްރެންޗައިޒް އެއްބަސްވުމެއްގެ ދަށުންނެވެ. ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އަކީ ޗިކިންގް، ގްލޯރިއާ ޖީންސް ފަދަ ގިނަ ފުޑް ފްރެންޗައިޒްތައް ރާއްޖެ އަށް ތައާރަފު ކޮށްފައިވާ ކުންފުންޏެވެ.

މި ފްރެންޗައިޒް އެއްބަސްވުމުގެ ދަށުން، ’ޓީޖީއައި ފްރައިޑޭސް’ގެ ފުރަތަމަ ރެސްޓޯރަންޓްތައް ހުޅުވަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގަ އެވެ. އަދި އޭގެ ފަހުން އެހެން ސަރަހައްދުތަކަށާއި ރިސޯޓުތަކަށް މި ބްރޭންޑު ފުޅާކުރުމަށް ވަނީ އަމާޒު ހިފައިފަ އެވެ.

’ޓީޖީއައި ފްރައިޑޭސް“ އިން ތަފާތު 35 ގައުމެއްގައި 380 އެއްހާ އައުޓްލެޓުތައް ހިންގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.