ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ

މ
20 ޑިސެމްބަރު 2025 22:051 މިނިޓުގެ ކިޔުން
Aa

ސްޓެލްކޯ STELCO

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ހިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެކަމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމެއް މިހާރު ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށާއި އެ ފޯމު މެދުވެރިކޮށް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ހިޔާލު ދެއްވުމަށް އެދޭ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިޔާލު ދެއްވަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމު: https://stelco.com.mv/feedback

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.