ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އ
29 ޑިސެމްބަރު 2025 14:251 މިނިޓުގެ ކިޔުން
Aa

ފުލުހުންނަށް އިންޒާރުދީ، ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝާހީމް (27އ) އެެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ސީނަށް ދިޔަ ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ އަދި ފުލުހެއްގެ ކަރުގައި އޭނާ ވަނީ ހިފައިފައެވެ. ނަމަވެސް ކޯޓުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.