ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އ
27 ޑިސެމްބަރު 2025 10:43އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސިނަމަން ވެލިފުށި ރިސޯޓުގައި ބައިގެންދިޔަ ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެ ހެނދުނު 10:00 ގެ ފަހުން އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ ސިނަމަން ވެލިފުށި ރިސޯޓުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެކެވެ. ބަރުދަނުގައި ދެ ކިލޯ ހުރި ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެ ރިސޯޓުގެ އެކޮމޮޑޭޝަން ބްލޮކުގެ ޑަސްބިނަކުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.