15 ރުފިޔާގެ ވައްކަން ކުރި މީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރަށް

އ
27 ޑިސެމްބަރު 2025 20:051 މިނިޓުގެ ކިޔުން
Aa

ވައްކަމެއް ކުރި މީހަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފަނަރަ ރުފިޔާގެ ވައްކަމެއް ކުރި އެ މީހާއަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ވީޑިއޯ އިން ފެންނަނީ ދެ މީހަކު އޭނާއަށް އަނިޔާކޮށް، ނަގައިގެން ގެންގޮސް މޫދަށް އެއްލާލާ މަންޒަރެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ، އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހުމަދު ހާތިމް (49އ) އެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.