ބާބަކިއުގެ އިންޒާރު: ބޮޑުވަޒީރު އިސްތިއުފާ ނުދީފިނަމަ، ދާހިލީ ހަނގުރާމަ އަކަށް ގެންދާނަން

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ދެކުނު އެމެރިކާ ބައްރުގައިވާ އެންމެ ފަގީރު ގައުމު، ހެއިޓީގެ ބޮޑުވަޒީރު އޭރިއަލް ހެންރީ އިސްތިއުފާ ނުދީފި ނަމަ އެ ގައުމުގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ދާހިލީ ހަނގުރާމައަކަށް ގެންގޮސް، ނަސްލު ނައްތާލުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެ އެ ގައުމުގެ ގޭންގު ލީޑަރަކު އިންޒާރު ދީފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ހެއިޓީގެ ގޭންގުތައް ނުކުމެ، އެ ގައުމުގެ ބާރުތައް ހޯދަން ފަށާފައިވާއިރު މިއީ އެ ގައުމުގައި އެންމެ ފަހުން ހިންގާ އެންމެ ސީރިއަސް އަނިޔާވެރިކަމެވެ. އެ އަނިޔާވެރިކަމުގެ ތެރެއިން ހެއިޓީގެ ގޭންގުތަކުން ވަނީ އެ ގައުމުގެ މައި އެއާޕޯޓް ހިފުމަށް މިދިޔަ ހޯމަ ދުވަހު މަސައްކަތް ކޮށްފަ އެވެ.

”އޭރިއަލް ހެންޑްރީ އިސްތިއުފާ ނުދީފި ނަމަ، ބައިނަލްއަގުވާމީ ގުރޫޕުތަކުން އޭނާއަށް ހިތްވަރުދޭ ނަމަ، ދާހިލީ ހަނގުރާމައެއްގެ ތެރެއަށް މި ގައުމު ގެންގޮސް، ނަސްލު ނައްތާލުމަށް މަގުފަހިކުރާނަން،“ ޖިމީ ޗެރިސިއާ ނުވަތަ ހެއިޓީގައި މަޝްހޫރު ނަމުން ނަމަ ”ބާބަކިއު“ ރިޕޯޓަރުންނަށް ބުންޏެވެ.

އޭނާ އެގޮތަށް އިންޒާރު ދީފައިވާއިރު، ހެންރީ ހުންނެވީ ގައުމުން ބޭރުގަ އެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ތާރީހެއް ނޭނގޭއިރު، އެ ގައުމުގެ ޖަލުތަކާއި އެއާޕޯޓްތައް ހިފަން ކުރަމުންދާ މަސައްކަތުގެ ސަބަބުން ހެއިޓީގެ ވައިގެ ބޯޑަރުތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ހަނގުރާމަވެރި ލީޑަރު، ހެންރީ ހެއިޓީގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތީ ރައީސް ޖޮވެނެލް މޮއިޒް 2021 ވަނަ އަހަރު އަވަހާރަ ކޮށްލުމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.