ތޮއްޑު އަށް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި

މ
6 ޖަނަވަރީ 2026 13:321 މިނިޓުގެ ކިޔުން
Aa

ޓޫރިސްޓުންގެ މެދުގައި މަގުބޫލު އއ. ތޮއްޑު އަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމައިފި އެވެ.

މިދިޔަ އޮގަސްޓް މަހު ތޮއްޑޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ތޮއްޑޫގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން މިއަދު ބުނީ، ތޮއްޑުއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 12 އިން ފެށިގެންނެވެ. އަދި ސީޕްލޭންގެ ދަތުރުތަކާ އެކު، ރަށްރަށަށް ދާ ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހައިން ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ތޮއްޑު އަށް ބާއްވަން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ. ކޮންމެ ދަތުރެއްގެ އަގަކީ 799ރ. އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.