ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް

މ
14 ޖަނަވަރީ 2026 14:09އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކްރިމިނަލް ކޯޓް

ވެރިފަރާތުގެ ހުއްދަނެތި ގެއަކަށްވަދެ އެ ގޭގެ އަނބުގަހުން ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ކ. ދިއްފުށި/ ހިޔާގެ، މުހައްމަދު ނަސީރުގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދެ ދައުވާއެއްކޮށްފަ އެވެ.

އެއީ ގޭގެ ވެރިފަރާތުގެ ހުއްދައެއް ނެތި ދަންވަރުގެ ވަގުތެއްގައި މާލޭގެ ލިލީމަގުގައި ހުންނަ ގ. ކަންޒުދޮށުގޭ ތެރެއަށް ވަތް މައްސަލައިގައި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި އެ ގޭ ތެރޭގައި ހުރި އަނބު ގަހަކުން 127 އަނބު ބިނދެފައިވާތީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އެހެންވެ ކޯޓުން ހުކުމްކުރީ ވައްކަން ކުރުމުގެ ދައުވާގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށާއި ވެރިފަރާތުގެ ހުއްދަނެތި އެ ގެއަށް ވަދެފައިވާތީ ދެ މަހާއި 12 ދުވަހަށް ޖަަލަށް ލުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.