މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި

މ
11 ޖަނަވަރީ 2026 15:131 މިނިޓުގެ ކިޔުން
Aa

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުން ޝަމާހް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހު އައްޔަންކުރި މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އެވެ. އެއީ މި ސަރުކާރުގައި އޭނާއަށް ދިން ތިންވަނަ މަގާމެވެ.

ޝަމާހު ފުރަތަމަ ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ޑިސެންބަރު 2023 ގައެވެ. އެ މަގާމުން ވަކިކުރީ މެއި 2024 ގައެވެ. އޭގެ ފަހުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.