ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ

މ
12 ޖަނަވަރީ 2026 13:451 މިނިޓުގެ ކިޔުން
Aa

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭނާގެ މައްސަލައެއް ބަލަން ފެށިކަން އޭސީސީން ޔަގީންކޮށްދިން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަން ފެށި އިރު، އޭނާ މަގާމުން ވަކިކުރިތާ މާގިނައިރެއް ނުވެ ސޯޝަލް މީޑިއާގައި އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ވަނީ ލީކުކޮށްލައިފަ އެވެ.

އެ އޯޑިއޯގައި ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާ މިފްކޯގައި ކޮރަޕްޝަންގެ ތެރެއިން ”ޕައިޕްލައިނަށް“ އަޅާ ފައިސާ އަށްވުރެ މާގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދާ ކަމަށެވެ. އަދި އޭނާ ސްޓެލްކޯގައި ކޮށްފައިވާ ކަންތައްތައް އެނގިއްޖެނަމަ ސަރުކާރުގެ އިސް ބޭފުޅުން ނޯށުން ރޯނެ ކަމަށް ވެސް ޝަމާހު ކަމަށް ބެލެވޭ މީހާ ބުނާ އަޑު އިވެ އެވެ.

ނަމަވެސް އެއީ އޭނާގެ އަޑު ނޫން ކަމަށް ޝަމާހު އިއްޔެ ވަނީ ބުނެފަ އެވެ.

ޝަމާހު މަގާމުން ވަކިކުރީ ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ ހަތަރު މަސް ފަހުންނެވެ. އޭނާ ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.