އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި

މ
21 ޖަނަވަރީ 2026 21:441 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4،000 ފުލެޓަށް ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ފުލެޓުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރަށް، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމި އިރު، މި މަހު ކުރީކޮޅު ޓަވަރުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަނީ ނިންމައިފަ އެވެ.

ތަޅުދަނޑި ލިބުނު ބައެއް ފަރާތްތަކުން މިހާރު ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ އަންނަ އަންގާރަ ދުވަހުގެ ކުރި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.