އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް

މ
21 ޖަނަވަރީ 2026 22:07އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މި އަހަރުވެސް އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،500 އެއްހާ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބޮޑު ޗުއްޓީއަށްފަހު މި މަހުގެ 27 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ވަނުމަށް އެދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4،790 ދަރިވަރުން އެދިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް ވަނުމަށް އެދިފައިވާ 3،042 ދަރިވަރުންނާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް އެދިފައިވާ 1748 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މި އަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަތޮޅުތަކުން ހުޅުމާލެ ބަދަލުވި: 753 ދަރިވަރުން

  • އަތޮޅުތަކުން މާލެ ބަދަލުވި: 694 ދަރިވަރުން

  • އަތޮޅުތަކުން ވިލިމާލެ ބަދަލުވި: 83 ދަރިވަރުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.