އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމަނަނީ

އ
27 ޖަނަވަރީ 2026 15:211 މިނިޓުގެ ކިޔުން
Aa

އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމެނުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އިއުލާންކުރައްވައިފިއެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމެނުމަށް ނިންމީ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނާ މެދު ލޯބިޖެއްސުމަށް ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މިއަހަރު ޕައިލެޓު ކުރެވިގެންދާނެ ކަމަށާއި 2027 ވަނަ އަހަރުގަ ސާނަވީ އިމްތިހާނުގައި ގުރުއާން މާއްދާ ރަސްމީކޮށް ހިމަނައި، ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ލިބިދޭ ތައުލީމުގެ ފެންވަރު އަދި ތަރުބިއްޔަތު ބިނާވެގެންވަނީ ޓީޗަރުންގެ އިލްމީ ގާބިލުކަމާއި، ހުނަރު އަދި ޓީޗަރުންގެ ފަރާތުން ފެންނަ ނަމޫނާގެ މައްޗަށް ކަމަށާއި އެހެންކަމުން ޓެކްނޮލޮޖީއާއި، އޭއައިގެ މި ޒަމާނުގައި ޝާމިލު ވެއްޓެއްގައި އުނގަންނައިދިނުން ކުރިއަށް ގެންދިއުމަށް ގެންނާން ޖެހޭ ފަހި ބަދަލުތަކަށް ހޭނުމަށް ތިޔަ މުދައްރިސުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އިސްލާމްދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރިވާ އަދި އެކަކު އަނެކަކަށް އިހްތިރާމުކުރާ ބަޔަކަށް ދަރިވަރުން ވާން ޖެހޭނެ ކަމަށް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.