ޒުވާނުން ދީނާއި ގައުމަށް ލޯބިކުރުވަން ފެށި ޕްރޮގްރާމުގެ ދެވަނަ ބެޗު ތަމްރީނަށް ފުރައިފި

މ
24 ޖަނަވަރީ 2026 14:341 މިނިޓުގެ ކިޔުން
Aa

ޒުވާނުންނަކީ ދީނާއި ގައުމަށް ލޯބިކުރާ އުޅުންހުރި ބަޔަކަށް ހެދުމަށް ފެށި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗަށް ހޮވުނު ބައިވެރިން ތަމްރީނަށް ފުރައިފި އެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެ އެވެ. މި ބައިވެރިން، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ. މާފިލާފުށީގައި ތިން މަސް ދުވަހު ތަމްރީނު ފުރިހަމަކުރާނެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ 2024ގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް, އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް, ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް, ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.